2025 ނިޔަލަށް ހިއްކަން ބުނި ރަސްމާލެވެސް ނުހިއްކުނު

2025 ވަނަ އަހަރަށް ރައްޔިތުންގ މަޖިލިސް ހުޅުއްވާ ދެއްވަމުން އަހަރުގެ ނިޔަލަށް ނިންމަވާނެ ކަންތައްތަކެއްގެ ވާހަަކަ ރައީސް މުއިއްޒު ވިދާޅުވިއެވެ. މިއަދަކީ އެވިދާޅުވި 2025 ވަނަ އަހަރު ނިމޭ ދުވަހެވެ.
މިއަދާ ހަމައަށް އައި އިރު އެވިދާޅުވި ގޮތަށް ނުނިމޭ އެތައް ކަމެއް އެބަހުއްޓެވެ. ނުފެށޭ އެތައް ކަމެއްވެސް އެބަހުއްޓެވެ. ގައުމުގެ ރައީސް ދެއްވާ ރިޔާސީ ބަޔާނަކީ ޔޯލަ ވާހަކައެއް ނޫނެވެ. ހާލަތާއި ވަގުތާއި ހަގީގަތުގެ މައްޗަށް ބިނާކުރައްވާ ދެއްވާ ގާނޫނީ ރަސްމީ ސްޓޭޓްމަންޓެކެވެ. އެއްޔަކީ އާދައިގައި ދައްކާލާ ވާހަކައެއް ފަދަ އެއްޗެއްނޫނެވެ.
2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވީ 6 ފެބްރުއަރީ 2025 ގައެވެ. މިއަހަރުގެ ނިޔަލަށް ނިންމަވާނެކަމަށް އެދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައީސް ވިިދާޅުވި ބައެއްކަންކަން އަދިވެސް އޮތީ އެދުވަހު އޮތް ހާލަތުގައެވެ. ގިނަ ކަންކަން ވިދާޅުވި ގޮތަށް ހިނގާފައެއް ނުވެއެވެ. 
2025 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެރަށަކާއި އެކަށީގެންވާ ކުނި ނައްތާލުމުގެ ޒަމާނީ ނިޒާމެއް ގާއިމުކޮށް ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަހަރު ނިމުނު އިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ކުނި ނައްތާލުމުގެ މައްސަލައަށް ހައްލު ހޯއްދަވައެއް ނުދެއްވުނެވެ. 
2025 ވަނަ އަހަރަކީ ބޯހިޔާވަހި ކަމުގެ އަހަރުކަމަށާއި ބޯހިޔާވަހި ކަމަށް އެންމެ ބޮޑު ބަޖެޓެއް އޮތް އަހަރަކީ 2025 ކަމަށް ރައީސް ވިދާޅުވެ ހިންގަވާނެ މަޝްރޫއުތަކުގެ ހުލާސާ ރައީސް މަޖިލީހަށް ދެއްވިއެވެ. އެހެން ނަމަވެސް ބޯހިޔާވަހި ކަމަށްޓަކައި އަހަރު ނިމިގެން ދިޔައިރު ގައުބުރިއެއްވެސް ބޭއްވިތަނެއް ނުފެނެއެވެ. ކުރީ ސަރުކާރުންދިން ގޯތިތަކާއި ފްލެޓްތައްވެސް ހުރީ ހަވާލު ނުކުރެވިއެވެ.  
އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އުޅުއްވާ ރަސްމާލެ ޕްރޮޖެކްޓަށް ބަލާލުމުންވެސް ފެންނަނީ މި ހަގީގަތެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކާ ނިންމާ 2026 ވަނަ އަހަރު އަސާސީ ހިދުމަތްތައް ގާއިމުކުރަން ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށް ވިދާޅުވި ރަސްމާލެ ހިއްކުމުގެ މަސައްކަތް ރަނގަޅަށް ހިގައި ގަތީވެސް އަހަރު ނިމެނި ކޮންނެވެ. އަހަރު ނިމުނު އިރު ރަސް މާލޭގެ 2/3 އަދި ނުހިއްކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ