ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމަށް ފުރާ މީހުންނަށް ދަތުރުމަތީގައި ދިމާވެދާނެ އުނދަގޫ ހާލަތްތަކުން މާލީ ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން، އަމާނާ ތަކާފުލް އިން "ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް" ގެ ނަމުގައި ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
މި ޕެކޭޖަކީ މާތްވެގެންވާ މައްކާގެ ބިމަށް ދިއުމަށް ކުރާ ދަތުރުގައި، އުންމީދު ނުކުރާފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ލިބިދާނެ މާލީ ގެއްލުންތައް ކުޑަކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.
މި ޕެކޭޖުގެ ދަށުން ކަވަރުކޮށްދޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
އަމާނާ ތަކާފުލް އިން ބުނެފައިވާ ގޮތުގައި މި ޕެކޭޖުގެ ބޭނުމަކީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ހިތްހަމަޖެހުމާއެކު އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ޕެކޭޖުގެ އަގަކީ އެންމެ 359ރ. އެވެ.
މި ޕްކޭޖު ހޯދުމަށް އަމާނާ ތަކާފުލުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހަޅާލެވޭނެ އެވެ. އިތުރު މައުލޫމާތު އަމާނާ ތަކާފުލްގެ ހޮޓްލައިން 3315262 އަށް ގުޅުއްވައިގެން ނުވަތަ ވެބްސައިޓުން ލިބޭނެ އެވެ.
ހައްޖާއި އުމްރާގެ ދަތުރުގައި ދިމާވެދާނެ ކަންކަމަށް އަމާނާ ތަކާފުލްގެ ހާއްސަ ރައްކާތެރިކަން ހައްޖާއި އުމްރާގެ ދަތުރުގައި ދިމާވެދާނެ ކަންކަމަށް އަމާނާ ތަކާފުލްގެ ހާއްސަ ރައްކާތެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ