ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވެ ގެއްލުންތަކެއްވެއްޖެ

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ މެންދަމު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ފަޔަރ ފައިޓަރުން އެރަށަށް ދިއުމުގެ ކުރިން ވިލިނގިލީގައި ތިބި ސިފައިންނާއި، އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ދަންވަރު 01:26 ހާއިރުއެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 02:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ