ޓެކްސީލައިންގެ ފުރަތަމަ ހަފުތާ ހިލޭ، ދަތުރު ނެގޭނީ 1655އަށް ގުޅައިގެން
މާލެ ސަރަަހައްދަށް ސަރުކާރުން ރޭ ތައާރަފުކުރި ޓެކްސީގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ ދޭން އެމްޓީސީސީން މިއަދު ނިންމައިފި އެވެ. އެމްޓީސީސީން ބުނީ އާރްޓީއެލް ފެރީގެ ހިދުމަތްތައް ދޭ އުސޫލުން، ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާވެސް ބޭނުންކުރާނީ ހިދުމަތް ތަޖުރިބާކުރުމަށްކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހިޔާލު މި ހިދުމަތަށް ހޯދުމާއި، ޓެކްސީ ލައިންގެ ހިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމެވެ.އެމްޓީސީސީން ބުނީ ތަޖުރިބާ ހަފުތާގައި ޓެކްސީ ނެގޭނީ ހޮޓްލައިން ނަންބަރު މެދުވެރިކޮށް އެކަނިކަމަށެވެ. މާލެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655 އެވެ.ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިވާ ހަފުތާއަށް ފަހުގައި ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީން ދަނީ މި ޚިދުމަތަށް ފޯން އެކްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންއެވެ. އެއާއެކު ޚިދުމަތަށް އިތުރު ލުއިފަސޭހަތަކެއް، ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ އެވެ.ސަރުކާރުގެ ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ؛ލުމިން މޮޑެލްގެ ކާރު: މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ކުދި ކާރު. މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ޑީޕަލް އެސްފައިވް.ހަތަރު ޕަސިންޖަރުންނަށް ތިބެވޭ ގޮތަށް ހުންނަ ޑީޕަލް އެސްސެވަން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ