ފުވައްމުލަކުގައި، މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ ދެ މީހުން އަލުން ހައްޔަރުކޮށްފި އޭއީއެޗްގެ ސީއީއޯ ކަމުން ޑރ. ޔާސިރު ވަކިކޮށް، އެ މަގާމަށް ޑރ. އަދީލް ހަމަޖައްސައިފި އާސަންދައިން އެމްބިއުލާންސް ދޭނެ އިތުރު ހާލަތްތައް ކަނޑަ

ފެނަކަ ކޯޕަރޭޝަންގެ ސ. ހުޅުދޫމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމަށް ހުޅުދޫ ތަޑިރަންމާގޭ ސައީދާ މުތީއު އައްޔަންކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެ ސައީދާ މުތީއު މި މަގާމަށް އައްޔަންކޮށްފައިވާއިރު މިއަދު އޭނާވަނީ އޮފީހަށް ނިކުމެފައެވެ.
ފެނަކަ ހުޅުދޫމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމަށް ސައީދާ އައަޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް އަޝްރަފު މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) ޖަމިއްޔާގެ ރައީސާގެ މަގާމު އަދާކޮށްފައިވާ ސައީދާ މުތީއުއަކީ އެ ރަށުގެ އިޖްތިމާއީ ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ