މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ލިބޭ ގޮތަށް ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި އެވެ.
ކުރީގެ އުސޫލުގައިވާ ގޮތުން މުޅި މަޝްރޫޢަށް ހޭދަވާ ޖުމްލަ ޚަރަދު ޑިވޮލޮޕަރު ދައްކާނެކަމުގެ "ޕްރޫގް އޮފް ފަންޑް" ހުށައަޅަންޖެހެ އެވެ، ނަމަވެސް އުސޫލަށް އަލަށް ގެނައި ބަދަލުގައިވާ ގޮތުން މިހާރު ހުށައަޅަން ޖެހޭނި މަޝްރޫޢުއަށް ހޭދަވާނެކަމަށް އަދަދު ބަޔާންކޮށް، މާލީ އިދާރާއަކުން ދޫކުރާ "ލެޓަ އޮފް ކޮމްފޯޓް އެވެ. އަދި ޑިވެލޮޕަރަށް ދޭ ލުއިތަކެއްގެ ގޮތުން، އާއްޖެއަށް އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ މާފުކުރުމާއި އަދި ފްލެޓް ގަންނަ މިހާއަށް އިންޝުއަރެންސް ފޯރުކޮށް ދޭން ޖެހޭ ގޮތަށް އޮތް އޮތުންވެސް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން ޖޮއިން ވެންޗާތައް ކުންފުނިތަކުގެ ޕްރޮޖެކްޓްގައި ބައިވެރިވެވޭނެ އުސޫލަށްވެސް ބައެއް ބަދަލު ގެނެސްފައިވެއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ 5 ބަޔަކަށް ބަހާލައިގެން، ކޮންމެ ޕެކޭޖަކީ 200 ހައުސިން ޔުނިޓްގެ ގޮތުގައެވެ. އެއް ކުންފުންޏަކަށް ގިނަވަގެން ދެވޭނީ 400 ހައުސިން ޔުނިޓްގެ މަސައްކަތެކެވެ. އެއީ މި ޕްރޮޖެކްޓްގައި ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް ފުރުޞަތު ހޯދައިދިނުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިއީ ހުޅުމާލެ ފޭސް 3ގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފައިވަނީ 100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. ހައުސިން މިނިސްޓްރީން ބުބީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައި ދިނުން ކަމަށެވެ.
ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕަރޓްމަންޓްތައް ހިމެނޭއިރު، 3 ކޮޓަރީގެ އަގަކީ އެންމެ ބޮޑުވެގެން 2.3 މިލިޔަން ރުފިޔާއެވެ. އަދި ދެ ކޮޓަރި ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިޔަން ރުފިޔާއެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމަށް ކުރިން ދިން މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 23 ނަމަވެސް އާ އުސޫލުތަކާ އެކު މުއްދަތު މިހާރު ވަނީ މި މަހުގެ 31 އަށް އިތުރުކޮށްފައެވެ.
ލުއިތަކާ އެކު ފޭސް 3 ގައި ފްލެޓް އަޅަން އަލުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ