މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭން، ދުވާފަރުގައި ފުރަތަމަ ފިއުލް ސްކިޑް ހުޅުވައިފި
ރ. ދުވާފަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭން ފުރަތަމަ ފިއުލް ސްކިޑް މިއަދު ހުޅުވައިފިއެވެ. މަސްވެރިންނަށް ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސް ދުވާފަރުގައި ތެޔޮ ލިބޭނެ ތަނެއް ހުޅުވައިދެއްވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނީ، މި ފިއުލް ސްކިޑަކީ، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމި ފިއުލް ސްކިޑުތަކުގެ ތެރެއިން ފުރަތަމަ ސްކިޑު ކަމަށެވެ. އެސްޓީއޯގެ އެމްޑީ ޝިމާދުއާއި ރައީސް މުއިއްޒު ސަލާން ކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް އެ ތަން ގާއިމުކުރީ ސަރުކާރުގެ ކުންފުނި، އެސްޓީއޯއިން ކަމަށްވާއިރު، ޖުމުލަ 18 ފިއުލް ސްކިޑެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރާނެއެވެ. އެ ފިއުލް ސްކިޑުތައް އަންނަ މާރިޗު މަހުގެ ނިޔަލަށް ގާއިމުކުރެވޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދުވާފަރަށް ވަޑައިގެންފައިވާއިރު، މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިހުތިޖާޖެއް ފަށައިފައެވެ. އެ ޔޫނިއަނުން ފާހަގަކުރާ މައްސަލަތަކަށް ހައްލު ލިބެންދެން އިހުތިޖާޖު ކުރަމުން ދާނެ ކަމަށް ބުނެފައިވާއިރު، އިހުތިޖާޖުގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ވަނީ ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ