އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އިދިކޮޅު އެމްޑީޕީން މިދިޔަ އޮކްޓޫބަރު ތިނެއްގައި ބޭއްވި މުޒާހަރާގައި ހައްޔަކުރި ހަތް މީހުންނަށް ދައުވާ ނުކުރުމަށްޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ނިންމައިފިއެވެ. އެ މުޒާހަރާގައި އެ މީހުން ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ވެސް ބޭތިއްބިއެވެ. އެ މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ: ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް އަޒީމް އަލީ އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން ޙަސަން ޝާކިރު މުޙައްމަދު ޚަލަފް އިބްރާހީމް ޕީޖީން މިއަދު ބުނީ، މި މައްސަލައިގައި އެ ހަތް މީހުންނަށް ދައުވާ ކޮށްދިނުމަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. މުއައްސަސާއިން އެދުނީ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށެވެ. އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: މި އެއްވުމުން ހައްޔަރު މީހުންނަށް ދައުވާ ނުކުރަން ވަނީ ޕީޖީން ނިންމާފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް ނަމަވެސް، މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެ މީހުން ހިންގާ ފައިވަނީ އަސާސީ ޙައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ، އެ މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ އެ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ކަމަށް ނުފެންނާތީ ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެއިތުރަށް، މި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ބައިގެ ތަހުގީގު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މެންބަރުންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. އެކަމަކު އެ މައްސަލައިގައި ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މައްސަލަ އަނބުރާ ފޮނުވާލައްވައިފައެވެ. އެމްޑީޕީގެ އެއްވުން ރޫޅާލުމަށް ޓަކައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ނަމަވެސް، ފުލުހުން ބުނީ އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ