އުރީދޫ މޯލްޑިވްސްއިން މިއަހަރު ގެނެސްދިން އެންމެ ހާއްސަ އެކައްޗަކީ ޑިޖިޓަލް ކަލަންޑަރެވެ. އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. މި ކަލަންޑަރުން އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް ވަނީ ފަހިކޮށްދީފައެވެ.
އުރީދޫއިން ޑިސެމްބަރުމަސް ހާއްސަކޮށްފައިވަނީ ކުއްޅަވައްފަލު ރަނިންނެވެ. ކުއްޅަވަށްފަލު
ރަނިންނަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތިއަންހެންކުއްޖެކެވެ. ރަސްމީ
ދަތުރުފުޅެއްގައި ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން ކައިވެނިބައްލަވައިގެން
އެކުއްޖާ ގެންދެވިއެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތިވަމުން ދިޔައިރު
މި ކަމަނާއަށް އޭނާގެ އަސްލު، އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ
ކޯޗެއްކަންވެސް ހަނދާންނެތި ދިޔައެވެ.
މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ
ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލިއެވެ. އަދި އޭނާއަށް އެތަނުގައި
ކުއްޅަވަށްފަލު ރަނިން ކިޔުނެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް
ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12
ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ.
އުރީދޫއިން ބުނީ މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ،
ދިވެހިންގެ ތަރިކައިގެ މުހިންމު ބައެއްކަމަށާއި، އެކުންފުނިން ނެރުނު ކަލަންޑަރަކީ ހަމައެކަނި
މޭޒުމަތި ފަޅުފިލުވާލަދޭނެ އެއްޗެއް ނޫންކަމަށެވެ.
"މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.
އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް
ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް
ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު
ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު
ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް
އަންލޮކް ވެގެންދާނެއެވެ" އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ
ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ
ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ
މުހިންމު ބޮޅެއްކަމަށެވެ.
ކުއްޅަވައްފަލު ރަނިންނާ ވާހަކަ ދައްކާލުމަށް: https://ore.do/aifolktales
އުރީދޫ ކަލަންޑަރުން ޑިސެމްބަރު: ޗެޓްބޮކް މެދުވެރިކޮށް ކުއްޅަވައްފަލު ރަނިން އާ ވާހަކަ ދައްކާލަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ