މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެއަށް، 600އަށް ވުރެ ގިނަ ފަތުރުވެރިންނަށް ކްލިއަރެންސް ދީފި

މި އަހަރުގެ ކްރޫޒްލައިނާ ސީޒަން މިދިޔަ އޮކްޓޫބަރުގައި ފެށުނު ފަހުން، މިއަދު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 1،045 ކުރޫއާއި ފަސިންޖަރުންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. އިމިގްރޭޝަނުން ބުނީ، 'އަޒަމަރާ ޕާސުއިޓް'އިން އައި ފަތުރުވެރިންނަށް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ކާމިޔާބު ކަމާއެކީ ކްލިއަރެންސް ދީފައިވާ ކަމަށެވެ. އެ ކުރޫޒްލައިނާގައި ތިބީ 649 ފަސިންޖަރުންނާއި 396 ކްރޫއިންނެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، މި ކްރޫޒްލައިނާ ރާއްޖެއައީ، މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެނެވެ. އަދި، މިއީ، އެ ގައުމުން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ފުރަތަމަ ފަހަރު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މިއަދު އައި ކްރޫޒްލައިނާއަށް ކްލިއަރެންސް ދޭން ދިޔަ އިމިގްރޭޝަން އޮފިސަރުންތަކެއް --- ފޮޓޯ/ އިމިގްރޭޝަން ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ، ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން ފާޅުކުރައްވާފައެވެ. އެގޮތުން، އެކަން ކުރުމަށް ހުއްދަ ދީފައި އޮންނަނީ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ތަންތަނުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ފަތުރުވެރިން އަޔަސް، މާލެއަށް ބާލާނެ ތަނެއް ނެތް ކަން ކަންބޮޑުވުމާއެކު، ނަޝީދު ފާހަގަކުރެއްވިއެވެ. https://sun.mv/213100 އެއް ނަމްބަރު ޖެޓީ ސަރަހައްދު ބަންދު ކޮށްފައިވާތީ، އަތޮޅުތެރެއިން އަންނަ ލޯންޗުތައް ބަނދަރު ކުރަނީ މަސްވެރިންގެ ޕާކާ ދިމާލަށެވެ. އެހެންވެ، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައި ހުރެ، ޓްރެފިކް ވެސް ބާރުބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ