ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު ރާއްޖެއައުމުން ހައްޔަރުކޮށްފި ޖަނާޒާއަށް އާއިލާ އިންޑިއާގައި ތިއްބައި ރަށުގައި ހުރި ކޮއްކޮ ނިޔާވެއްޖެ މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް މިހާތަނަށް 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެ ކުރީގެ ރައީސުންނަ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އިއްޔެ ހަވީރު، ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ. އިއްޔެ ކުޅުނު މި މެޗުގައި 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިއަދުގެ މެޗަށްފަހު މެޑަމް ސާޖިދާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށް ދެއްވާފައެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީސީ ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ބިސްބުރު ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، އޮޑި ސްޕޯޓްސް ކުލަބު އަދި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ