ޗެލްސީން ބާސެލޯނާ އަތުން މޮޅުވިއިރު، ލެވަކޫސަނުން ސިޓީ ބަލިކޮށްފި ޗެލްސީން ބާސެލޯނާ އަތުން މޮޅުވިއިރު، ލެވަކޫސަނުން ސިޓީ ބަލިކޮށްފި

ލަންޑަން (ނޮވެމްބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީން 3-0 އިން ބާސެލޯނާ އަތުން މޮޅުވިއިރު، ބަޔާ ލެވަކޫސަނުން މެންޗެސްޓާ ސިޓީ ދަނޑުގައި 2-0 އިން އެ ޓީމު ބަލިކޮށްފި އެވެ.
މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ބަލިވި ދެ ވަނަ މެެޗެވެ. އެ ގޮތުން، ރޭގެ މެޗުގެ ބޮޑުބައިގައި ބާސެލޯނާ އިން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 44 ވަނަ މިނިޓްގައި، ޗެލްސީން އެއް ގޯލު ކުރީގައި އޮއްވައި، ބާސެލޯނާގެ ކެޕްޓަން، ރޮނާލްޑް އަރައުހޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ.
ޗެލްސީން ރޭގެ މެޗުގައި ޖެހި ފުރަތަމަ ދެ ގޯލު އޮފްސައިޑްވިއިރު، ބާސެލޯނާ އަށް ލީޑުނަގައިދޭން ފެރަން ޓޮރޭސް އަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުންުނުހިފުނެވެ. ޗެލްސީން ލީޑުނެގީ، މެޗުގެ 27 ވަނަ މިނިޓްގައި، އެ ޓީމުގެ މާކް ކުކުރޭއާ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބާސެލޯނާގެ ޖޫލްސް ކޫންޑޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ.
ބާސެލޯނާ އަށް މައްސަލަަ ދިމާވީ،ބޯޅަ ހޯދަން އަރައުހޯ ކުރި ޓެކަލެއްގައި ކުކުރޭއާ ފައިގައި ޖެހުމުން، ދެ ވަަނަ ރީނދޫ ކާޑަކާ އެކު ރަތެއް ދެއްކި ހިސާބުންނެވެ. ދެ ވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުުނު ބާސެލޯނާ ކޮޅަށް ޗެލްސީން ލަނޑުތައް ޖެހީ، 18 އަހަރުގެ ބްރެޒިލް ތަރި، އެސްޓެވާއޯ އާއި ލިއަމް ޑެލަޕް އެވެ.
ސިޓީން ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ބަލިވިއިރު، ލެވަކޫސަނުން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފަ އެވެ. އެ ގޮތުން، ފުރަތަަމަ ހާފުގައި ލެވަކޫސަނަށް ލީޑުނަގައިދިނީ އަލެކްސް ގްރިމާލްޑޯ އެވެ. އަދި، ދެ ވަނަ ހާފުގައި ޕެޓްރިކް ޝިކް ވަނީ ލެވަކޫސަންގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ.
ލެވަކޫސަން އަތުން ބަލިވިިއިރު، މިއީ ސިޓީ އަށް ޖެހިޖެހިގެން ނަތީޖާ ނުނެރެވުނު ދެ ވަނަ މެޗެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ސިޓީ ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން ވެސް ބަލިވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ނިއުކާސަލުން ރޭ ފްރާންސްގެ މާސޭ ދަނޑުގައި ލީޑުނެގި ނަމަވެސް ވަނީ 2-1 އިން ބަލިވެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޯޑޯ/ގިލްމް އަތުން ޔުވެންޓަސް 3-2 އިން މޮޅުވިއިރު، ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ 4-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. އަދި، ގަރަބަގް އަތުން ނަޕޯލީ މޮޅުވީ 2-0 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ