މުދަލާއި ހިދުމަތުގެ އަގުތައް މައްޗަށް ގޮސް، އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މަސައްކަތެއްގެ ގޮތުގައި ފެނިގެން ދަނީ ފޮނި ބައިސާ ކެނޑުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ބޮޑު ބަޖެޓެއް ފާސްކޮށް، އެ ފައިސާ ހޭދަކުރި ނަމަވެސް ވިޔަފާރިތަކަށް ފައިސާ ދޫނުކޮށް، އަދި މުދަލުގެ އަގު ވެސް އުފުލެމުން ދާތީ އާއި ސަރުކާރު ހިންގާ ގޮތާމެދު ވެސް ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށް، މިހާރު އުފުލަންޖެހޭ ހުރިހާ ދައްޗެއް ދިވެހީންނަށް ގެނެސްދިނީ އެމްޑީޕީން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަމިއްލަ ގާބިލްކަމެއް ނެތިއްޔާ އެހެން މީހުންގެ ވާހަކަ ނުދައްކާ މަޑުން ހުރިއްޔާ މާ ތާހިރު ވާނެ" ކަމަށެވެ.
އެއަށް ފަހު މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ހުއްޓިފައި ހުރި ބައެއް ކަންކަން އަމީރު ހިއްސާކުރެއްވި އެވެ.
"ޑިވެލޮޕްމެންޓް ބޭންކް ކޮބާ؟ފައިނޭންޝިއަލް ސެންޓަރޭ ކިޔާ ގެނައި 8 ބިލިއަން ޑޮލަރު އިންވެސްޓްމެންޓް ކޮބާ؟ މާ ބޮޑު ދަތި ކަމެއް ހުރެގެން ނުވާނެ ތާ! އެންމެ 2 އަހަރު ތެރޭ 30 ބިލިއަނުން ގައުމު ދަރަނި ވެރި ކުރިއިރު ކުރެވުނު މަސައްކަތެއް ފެންނަ ދިވެއްސަކު ނެތް،" އަމީރު ވިދާޅުވި އެވެ.
"ގައުމު ދެންވެސް ސަލާމަތްކުރެވޭނީ މި ވެރިކަން ނިމިގެން."
އަމީރު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ނަގަން ޖެހުނު ދަރަންޏަކީ ގައުމު ސަލާމަތްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްކުރަން ކޮންމެހެންވެސް ކުރަންޖެހުނު ކަމެއް ކަމަށެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް އަކީ މުޅި މާލެ ސަރަހައްދުގެ އިގްތިސާދު އެއްކޮށް ބަދަލުކޮށްލައި، އިޖްތިމާއީ ގިނަ ކުރިއެރުންތައް ގެނުވާނެ ޕްލޭންތަކާއި އެކު ފެށުނު މަސައްކަތެއް ކަމަށާއި ބްރިޖްގެ ލޯނަކީ 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު 25 އަހަރުން ދައްކަންޖެހޭ އަގު ހެޔޮ ލޯނެއް ކަމަށް އަމީރު ވިދާޅުވި އެވެ.
"މާލެ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ބަދަލުކޮށް، މާލެ ޕޯޓް ސަރަހައްދު ތަރައްގީކުރަން ހުރި ފައިސާއިން މިހާރު ތި ހައުސިން އަޅަން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު އެއްކޮށް ހިއްކައި، ގިރާވަރު ހިއްކުން ނިންމައި މީހުން އާބާދުކުރުމުގެ މަސައްކަްތް މިހާރު ފެށެންވާނެ. އެ ޕްލޭންތައް ހެދިފަ ހުރީ."
ރައްޔިތުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓު ވާއިރު ވެސް ސައީދުގެ މަސައްކަތަކީ ސަޅި ބައިސާ ކެނޑުން: އަމީރު ރައްޔިތުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓު ވާއިރު ވެސް ސައީދުގެ މަސައްކަތަކީ ސަޅި ބައިސާ ކެނޑުން: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ