ނެށުމަކީވެސް ފަންނެކެވެ. ހުނަރެކެވެ. އެހެންވެ ނަށަން ބޭނުންވާ ބައަކު އުޅޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ނަށަން އޮތީ ފާފައަކަށް ނުވާނެ ގޮތަށެވެ. ނެށުމާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
އަޅުގަނޑުގެ ލޯބިވެރިޔާ އަޅުގަނޑާއެކު ނަށަން އެއްބަހެއް ނުވެއެވެ. އެހެން މީހަކާއެކު ނެށުން ވެސް މަނާ ކުރެއެވެ. ނެށުމަކީ ހަމަ އެހައި ގޯސްކަމަކީތޯ؟
ޖަވާބަކަށް ފުރަތަމަ ކަމަކީ ބޯއިފްރެންޑް/ގާލްފްރެންޑް މާނައިގައި ގުޅުން ބޭއްވުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. ނަމަވެސް މިޒަމާނުގައި ޚާއްޞަ އެކުވެރިން ތިބެއެވެ. އެއީ ﷲ ތަޢާލާ ހުއްދކުރެއްވެވި އިންތަކުގެ ތެރެއިން އެކުވެރިކަން ދަމަހައްޓާ މީހުންނެވެ. ވީމާ ޖަވާބު މިދެނީ ތިއަ ބުނާ ބޯއިފްރެންޑަކީ ތިބާގެ ޚާއްޞަ އެކުވެރިއެއެއް ކަމަށް ބަލައިގެންނެވެ.
ކައިވެނި ނުކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީވެސް އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. އެގޮތަށް އުޅެން ހަދައިގެން ގިނަ ފަހަރު އޮންނަނީ ގޯސްމަގަކުން ދެވިފައެވެ. ވީމާ އިސްލާމް ދީނުގައި އެފަދަ ކަންތައް މަނާކުރައްވަވާފައިވަނީ އެފަދަ ފާފަތައް ކުރެވުމުން މީސްތަކުން ސަލާމަތްކުރުވުމުގެ ގޮތުންނެވެ.
ދެން ތިއަ ސުވާލުކުރަނީ ނެށުމުގެ ވާހަކައެވެ. ކައިވެނިކުރެވެންދެން މަޑުކޮށްލާށެވެ! ކައިވެނިކުރެވުމުން ހިލޭ ފިރިހެނުންނާއި އަންހެނުންނަށް ނުފެންނާނެ ގޮތަށް ހަމަ ހިތްފުރެނެދެން ދެމަފިރިން އެކުގައިވެސް އަދި ވަކިންވެސް ނަށާށެވެ.
ހިލޭ ފިރިހެނަކަށް ފެނި އެކަމުން ހިލޭ ފިރިހެނާއަށް ހިތްހަމަޖެހުން ލިބޭ ގޮތަށް ނަށަން އަޅާ ކޮންމެ ފިޔަވަޅެއް ތިއަ އަޅަނީ އެ ހޫނުގަދަ ނަރަކައިގައެވެ. ގަޔަށް ބާރު ފޭރާން ލައި ހަށިގަނޑުގެ ވަނާތައް ތަޅުވަމުން މިއަދު ތިއަ ޖައްސާ ވައްތަރުތައް ތިބާ މަރުވުމާއި ހަމައިން ތިބާ އާއި ބައްދަލުކުރާނެއެވެ. ނަރަކައިގެ ފޭރާން ލާން ޖެހި އެ ފޭރާމުގައި ތިމާ އަނދަންފެށީމާ އެކަމުން ސަލާމަތްވުން އެދި ގުނަވަންތަކާއި ވަނާތައް ލައްވައި ވައްތަރުޖައްސުވަމުން ނަރަކައިގެ މަލާއިކަތުންނަށް ނަށައިދޭން އުޅުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުލިބޭނެކަން ނުއެނގެނީހެއްޔެވެ؟
އަދި އެއް ވާހަކަ ބުނެލާނަމެވެ! ބޯއިފްރެންޑް/ފިރިމީހާ ބުނެފަ އޮތީ ނުނަށަން ކަމަށްވުމުން ނުނަށާށެވެ! އަދި ތިބާ ބޯއިފްރެންޑް/ފިރިމީހާ ގާތު ބުނާށެވެ! ހިލޭ އަންހެނުން ނަށާތަން ބެލުމަކީ ބޯއިފްރެންޑަށް/ފިރިމީހާއަށް ހުއްދަކަމެއް ނޫނެވެ. ކަނޑައެޅިގެން ޙަރާމް ކަމެކެވެ! ވީމާ އެކަންވެސް ނުކުރާތި އެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ނަށަން ބޭނުންވާ މީހުން ކައިވެނިކުރެވެންދެން މަޑުކޮށްލައި ބައިވެރިޔާއާއި ދެމީހުން އެކަނި ތިބެ ނަށާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ