ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ފައިނޭންސް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ދެ ބޭންކަކާ އިއްޔެ މަޝްވަރާކޮށްފި އެވެ.
އެ ދެ ބޭންކަކީ ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްރީ ލަންކާގެ ޔުނިއަން ބޭންކެވެ.
އެ ދެ ބޭންކާ އެކު މިނިސްޓަރު ބޭއްވި މަޝްވަރާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީ އަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމާއި، އާ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް މިނިސްޓްރީޖން ބުންޏެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އާއި، އެހެނިހެން ސެކްޓާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ކުރިއެރުވުމަށް ހުޅުވިފައިވާ ފުރުސަތުތައް ދެނެގަތުމަށް މަޝްވަރާތަކެއްކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރު ވަނީ ޚާއްސަކޮށް ޓޫރިޒަމް ސިނާޢަތަށް މިހާރު ކުރިމަތިވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި އެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ބޭންކިންގް އަދި މާލީ ދާއިރާއިން ދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
ބައްދަލުވުމުގައި ބީއެމްއެލާއި ޔޫނިއަން ބޭންކް ސްރީ ލަންކާގެ އިސްވެރިން ވަނީ ރާއްޖޭގެ އިގުތިސާށް ކުރިމަތިވެފައިވާ ކަންކަމަށް ހައްލު ހޯދުމުގައި އެއްބާރުލުން ދިނުމަށް ތައްޔާރު ތިބި ކަމަށް ބުނެފަ އެވެ. އަދި މިފަދަ މަޝްވަރާތަކަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި ރިއަށް އޮތް ތަނުގައު އެފަދަ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެ އެވެ.
ޓޫރިޒަމް ދާއިރާގެ ގޮންޖެހުންތައް ދެ ބޭންކަކާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ