ޕެރިސް (ސެޕްޓެމްބަރު 6) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން 2-0 އިން ޔޫކްރެއިން އަތުން މޮޅުވިއިރު، އެސްޓޯނިއާ 5-0 އިން ބަލިކޮށް، ކޮލިފައިންގައި ދެ ވަނަ މޮޅު ހޯދައި އިޓަލީން ފޯމަކަށް އެޅިއްޖެ އެވެ.
ކޮލިފައިން ގްރޫޕް ޑީގައި ރޭ ފްރާންސް އިން ޔޫކްރެއިން ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ މައިކަލް އޮލީސޭ އާއި ކީލިއަން އެމްބާޕޭ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި އޮލީސޭ ލަނޑު ޖެހިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ހުއްޓައި ފްރާންސްގެ ދެ ވަނަ ލަނޑު ޖެހީ ކީލިއަން އެމްބާޕޭ އެެވެ. މިއީ، އެމްބާޕޭ ފްރާންސަށް ޖަހައިދިން 51 ވަނަ ގޯލެވެ.
ރޭގެ ގޯލާ އެކު، އެމްބާޕޭ ވަނީ ފްރާންސް ޓީމަށް ތިއަރީ އޮންރީ ޖަހައިދިން ވަރަށް ގޯލު ހަމަކޮށްފަ އެވެ. އޮންރީ 123 މެޗުން އެ އަދަދަށް ގޯލު ޖެހިއިރު، އެމްބާޕޭ އެކަން ހާސިލްކުރީ 91 މެޗުންނެވެ. ފްރާންސް އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ 57 ލަނޑު ޖެހި އޮލިވިއޭ ޖިރޫ އަތުގަ އެވެ.
ކޮލިފައިންގައި ފްރާންސް ހިމެނޭ ގްރޫޕްގައި ރޭ އައިސްލެންޑުން ވަނީ 5-0 އިން އަޒަރުބައިޖާން ބަލިކޮށްފަ އެވެ.
އިޓަލީން ކޮލިފައިން ގްރޫޕް އައިގައި ކުޅުނު ފުރަތަމަ މެޗުން 3-0 އިން ނޯވޭ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ، މޮލްޑޯވާ އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ރޭ ކުޅުނު މެޗުން އެސްޓޯނިއާ އަތުން މޮޅުވީ 5-0 އިންނެވެ. މި މެޗުގައި އިޓަލީގެ ގޯލުތައް ޖެހީ، މޮއެސް ކީން، މަޓެއޯ ރެޓެގީ، ޖިއަކޯމޯ ރަސްޕަޑޯރީ އަދި އަލެސަންދްރޯ ބަސްޓޯނީ އެވެ.
ފްރާންސުން ކޮލިފައިން ފެށީ މޮޅަކުން، އިޓަލީ ފޯމަަކަށް ފްރާންސުން ކޮލިފައިން ފެށީ މޮޅަކުން، އިޓަލީ ފޯމަަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ