މުއިއްޒު ބަލަންބުނި އެމްއެމްޕީއާރުސީ ހިޔާނާތުގެ ހިލަމެއްނެތް

މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޮތް އެތައް ބަޔަކު ކުރިފުޅުމަތީ ތިއްބައިގެން ބޭއްވެވި ހަރުގެ ޖަލްސާއެއްގައެވެ.
ރައީސް އެހެންވިދާޅުވުމުން މޫނުގެ ކުލަ ބަދަލުނުވާ އެކަކު އެތާ ނެތެވެ. ޕީއެންސީ މައި ހަރުގޭގައި ހުންނަވާ ރައީސް އެހެން ވިދާޅުވުމުން ޕީއެންސީގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެހެން ވާނެތާއެވެ. ޕީއެންސީގެ އިސް ސަފުގައި އެމްއެމްޕީއާރުސީ ހިޔާނާތުން ބައިނޭޅޭ މީހަކު މަދެވެ. 
އެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާ ފިޔަވަޅު އަޅުއްވަން ރައީސް މުއިއްޒު ވިދާޅުވިފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކުރާގޮތެއް އޮތް ހިސާބެއް އެނގޭ އާދަމުގެ ދަރިއަކުނެތެވެ.
ކުއްލިއަކަށް އިވުނީ އެމްއެމްޕީއާރުސީ ހިޔާނަތާއިގުޅޭ ގޮތުން ކުރީގެ ލީގަލް މިނިސްޓަރ އާޒިމާ ޝިކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނައި އަޑެވެ. އާޒިމާގެ ޝަރީއަތް ހިންގާލަން ނުކެރުނު ދައުލަތަކަށް ރައީސް މުއިއްޒުގެ ވަށައިގެން ތިބި އައުވާނުންގެ ތަހުގީގު ހިންގާ އިންސާފުވެރި ޝަރީއަތެއް ހިންގާކަށް ނުކެރޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ