ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ އާއި ގުޅޭ މަސައްކަތު ބައްދަލުުމެއް ފަށައިފިއެވެ.
މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެންނެވެ.
މިއީ ޤައުމީ ފެންވަރުގައި ކަމާއި ގުޅުންހުރި މުހިންމު ފަރާތްތަކާއެކު، ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ޤައުމީ ސްޓްރެޓެޖީއާއި އަމަލީ ސިޔާސަތުގެ ދެލިކޮޕީ އިތުރަށް ހަރުދަނާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތިން ދުވަހުގެ ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ނަޒާހަތްތެރިކަން އިތުރުކުރުމަށް ހަރުދަނާ ޤައުމީ އޮނިގަނޑެއް އެކުލަވައިލުމެވެ.
ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ އާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ