މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު

މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ހަރަކާތްތަކާއި އޮފާތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލާނެކަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ މާދަމާއިން އަންނަ ހޮނިހިރުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި، ހަވީރު 04:00އިން ރޭގަނޑު 11:30އަށެވެ. ދިރާގުން ބުނި ގޮތުގައި އެ ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިން ހަރަކާތުގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ. އަދި، ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ޚާއްސަ އޮފާތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ. ދިރާގުން ބުނި ގޮތުގައި އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ޚާއްސަ ކޭޝްބެކް ރިވޯޑްސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް، ވަކި ޚާއްސަ ޚިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ހާމަކުރިއެވެ. އެ ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ވެސް ހިމެނެއެވެ. ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތައް ހުންނާނެއެވެ. އަދި، މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއް ތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދިރާގަކީ އެ އިވެންޓްގެ ޑިޖިޓަލް ޕާޓްނަރެވެ. ދިރާގުން ދަނީ މުޖުތަމައުގެ ގިނަ ބަޔަކަށް ބައިވެރިވެ ގުޅުން ބަދަހިކުރެވޭ ގޮތަށް ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ