ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 00:09 އެހައިކަން ހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ހާމަކުރި ނަމަވެސް އަނިޔާވި ފަރާތުގެ ވަނަވަރު ފުލުހުން އާންމުކޮށްފައި ނުވެއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ހަމަލާ އަމާޒުވެފައި ވަނީ ގާނޫނީ ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރަށެވެ.
މި ހަމަލާ ދީފައިވަނީ ކޮން ބައެއް ކަމާއި، ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ