ކުރީގެ މެންބަރު މުހައްމަދު ރާމިޒް އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިފިވާ މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ. ލިފަދޫ، މުހައްމަދު ރާމިޒްއަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްރައީސް ފާހަގަކުރެއްވި އެވެ."މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.މުހައްމަދު ރާމިޒްގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ