ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި އެ ސަބްސްޓޭޝަން އެނާޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް 13 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ މި މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުން މާދަމާ ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ