ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލެއް ކަނޑައިގެން ގޮސް ހިޔާ ފަލްޓެތަކުން ކަރަންޓް ކެނޑުމަށްފަހު ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް އެސަރަޙައްދު ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ.
އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ސްޓެލްކޯއިން ބުނެފައެވެ. ސްޓެލްކޯއިން ވަނީ މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަދި މިހާރު ހިޔާ ފްލެޓް ތަކުގެ ތެރެއިން H8,H7,H6.H5.H4.H3.H2,H1 ފިޔަވާ އެހެން ފްލެޓްތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށާއި، ބާކީ ހުރި ފްލެޓްތަކަށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ކެނޑުނު ބައެއް ފްލެޓްތަކަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ