ތޯރިގް ޔޫއޭއީ އަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްޔަންކުރަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.މިއަދުގެ މަޖިލިސް ޖަލްސާގައި ތޯރިގާއި އާދަމް ޝަރީފް، ސަފީރުކަމަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީ އިއްވުމަށްފަހު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.މިދިޔަ މަހުގެ ތެރޭގައި ރައީސް މުއިއްޒު އަންގަވައިގެން އިސްތިއުފާދެއްވި މިނިސްޓަރުންގެ ތެރޭގައި ތޯރިގާއި އާދަމް ޝަރީފް ވެސް ހިމެނެ އެވެ.ވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ތޯރިގާއި އާދަމް ޝަރީފު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ