އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް، ބެލެވެނީ މަސްތުވެ ތިބި ކަމަށް: ފުލުހުން ޝަމީމަށް ހަމަލާދިން މައްސަލަ: ދައުވާކުރި އެންމެން ސަލާމަތްވެއްޖެ މާމެންދޫ ސަރަހައްދުގެ ފެނާއި ނަރުދަމާ ކަނެކްޝަނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވަލައިފި މަސްޖިދުއްނަބަވީގެ އ

ވިޔަފާރި ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ޚާއްޞަކޮށްގެން އައްޑޫސިޓީ މީދޫ އަވަށުން 50 ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި މަހުގެ 22 ވަނަ ދުވަހު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި ، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އިއުލާނުގައިވާގޮތުން ވިޔަފާރިތަކަށް ބިން ދޫކުރަނީ ސްވިމިންގ ޕޫލާއި، ރެސްޓޯރެންޓާއި، ފިހާރަ، ސެލޫން އެންޑް ސްޕާއާއި، އައްޑޫ އުފެއްދުންތަކާއި، ކޮފީ ޝޮޕްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ޝޮޕްތައް ފަދަ ވިޔަފާރިތައް ތަރައްގީ ކުރުމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، ބީލަމުގައި ރަޖިސްޓްރީވުމަށް 300.00ރ ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި، މެއި 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އަދި މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު އެ އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅައިގެން ސާފް ކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ