އެއާ އެރެބިއާއިން ރާއްޖެއަށް ދުވާލަކު 2 ފްލައިޓަށް އިތުރުކުރަނީ

މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އެންމެ ބޮޑު ބަޖެޓު އެއާލައިން، އެއާ އެރެބިއާ އިން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރުވާތީ މި ދަތުރުތައް ދެ ގުނަ ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެއާ އެރެބިއާ އިން މިހާރު ޝާރްޖާ އާއި މާލެއާ ދެމެދު ދުވާލަކު ފްލައިޓެއް ބާއްވަ އެވެ. މިދިޔަ އޮކްޓޯބަރުން ފެށިގެން ކުރަމުން އަންނަ މި ދަތުރުތައް އިތުރުކޮށް، އަންނަ 27 އޮކްޓޯބަރުން ފެށިގެން ދުވާލަކު ދެ ފްލައިޓު ބާއްވަން އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ.
ތަފްސީލް - އެއާ އެރެބިއާ ގްރޫޕުގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާތާ އަހަރެއް ފަހުން ދަތުރުތަކުގެ ފްރެކުއެންސީ އިތުރުކުރަނީ މި ރޫޓުން ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ. ދަތުރުތައް ދެގުނަ ކުރަން ނިންމި ނިންމުމުން އަންގައިދެނީ ޝަރްޖާ-މާލެ ރޫޓަށް އޮންނަ ޑިމާންޑު އިތުރުވެފައިވާކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެމިތިބޭނީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތްތައް ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަށް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމުގަައި،" އާދިލް ވިދާޅުވި އެވެ.
އެއާ އެރެބިއާގެ ދަތުުރުތައް ކުރަނީ އޭ320 އަދި އޭ321 މަރުކާގެ ބޯޓުތަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ