ގަޑި ޖެހެނީ، އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ކޮށްފިންތަ؟

ގިނަ ހަރަކާތްތަކާއި އެކު ރާއްޖޭގައި ބާއްވާ އެންމެ މަޖާ ދުވުން "އުރީދޫ ފަން ރަން"ގައި ބައިވެރި ވުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް ހަމަވުމުގެ ކުރިން އަވަހަށް ރަޖިސްޓްރީ ކުރައްވާށެވެ.
މި މަހުގެ 27 ވަނަ ދުވަހު އޮންނަ ފަން ރަން އަކީ އާއިލާ އާއި ރައްޓެހިން އެކުގައި ގޮސް މަޖާކޮށްލަން ރަނުގެ ފުރުސަތެކެވެ. އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހިންގާ ހަރަކާތުގެ ތެރޭގައި ހިމެނޭ އުރީދޫ ފަންރަން މިފަހަރު ބާއްވަނީ އައްޑޫ ސިޓީގައެވެ.
އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ މި ހަރަކާތުގައި މިހާރުވެސް ގިނަ އަދަދެއްގެ މުވައްސަސާ ތަކުންނާއި އާއްމުން ބައިވެރިވެފައިވާ އިރު މިއީ ރަޖިސްޓްރީ ވުމަށް ލިބޭނެ އެންމެ ފަހު ދެ ދުވަހެވެ.
މީގެ ކުރިން އުރީދޫން ބޭއްވި ފަން ރަންތަކަށްވެސް ގިނަ ބައެއްގެ ތަރްހީބު ލިބިފައިވާ އިރު މިފަހަރުގެ ހަރަކާތް މާބޮޑަށްވެސް ކުލަގަދަ ވެފައި މަޖާ ވާނެކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އެހެންވެ ލަސް ނުކޮށް އަވަހަށް ރަޖިސްޓްރީ ކޮށްލަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ