އއ. ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން އެއް އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެކްސިޑެންޓްވީ ސައިކަލުން އެ ކުއްޖާގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓްގައި އަނިޔާވި އެއް އަަހަރުގެ ކުއްޖާގެ ހާލަތު ސީރިއަސް ކަމަށާ އިތުރު ފަރުވާއަށް މިވަގުތު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާއި ގުޅިގެން ސައިކަލު ޓޯ ކޮށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ބުންޏެވެ.
އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ. ވީޑިއޯގައި ފެންނަނީ ކުއްޖާ މަގު މެދަށް ނިކުތްތަނާ ސައިކަލަކުން ޖެހޭ މަންޒަރެވެ. ދެ ފިރިހެން ތިބި އެ ސައިކަލު ދުއްވާފައި އަންނަނީ ވަރަށް ބާރަށެވެ.
ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލަކުން ޖެހި އެއް އަަހަރުގެ ކުއްޖަކު ސީރިއަސް ހާލަތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ