މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކެލާ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެެވެ.
މުބާރާތުގައި ކެލާ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ފިއްލަދޫ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ވަށަފަރު ބަލިކޮށްފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ބާރަށް އަތުން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ހަނިމާދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ހުސެއިން ފަލާހު
ހަނިމާދޫގެ ފުރަތަމަ މެޗުގައި ބާރަށް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ވަށަފަރު ބަލިކޮށްފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ފިއްލަދޫ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މުޅި މެޗުގައި ވެސް ކެލާ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ސެޓުތައް އެޓީމުން ކާމިޔާބުކުރީ 16-25، 21-25 އަދި 24-26 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެލާ ޓީމުގެ އަލީ ޒިޔާމް އެވެ.
ހަނިމާދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ހުސެއިން ފަލާހު
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ކެލާއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ސެމީފައިނަލުން ޖާގަހޯދީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި ހަނިމާދޫ އިން މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕްގެ ހަތަަރުވަނައިގައި އޮވެއެވެ.
ޝަރަފްވެރި މެހެމާން މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ...ފޮޓޯ: ހުސެއިން ފަލާހް
10 ޖޫން 2025 އިން 21 ޖޫންް 2025 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ހަނިމާދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ހުސެއިން ފަލާހު
މި މުބާރާތުގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސްވާން ފެމިލީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ވެލްކޯ, ހަނދުވަރު މޯލްޑިވްސް، ސީގަލް ގުރޫޕް، އޭއެސްއޭ މާޓް، ގްރީން ކާޕެޓް އަދި އެސްޖޭ މޯލް ވާނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މުރައިދޫ ކައުންސިލް އިދާރާ ހިމެނޭއިރު، ކިޓްސް ޕާޓްނަރަކީ ޖާޒިޔާ އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ރެޓޯ ސޮލިއުޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ކޮފީ ހަޓެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މިޑީޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
ހަނިމާދޫ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކެލާ ސެމީފައިނަލުން ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ