ނަމާދުވަޤުތު ޖެހެން ގާތްވެފައިވަނިކޮށް މަޖުބޫރުވެގެން ނޫނީ ނުނިދާށެވެ! ހޭލައި ޖަމާޢަތުގަ ބައިވެރިވާން މަސައްކަތްކުރަންޖެހޭނެ!

ނިންޖަކީ މީހާގެ އަމިއްލަ ބާރު ކަނޑުވައިލާ އެއްޗެކެވެ. ގަދައަށް ނިދި އަތުވެއްޖެނަމަ ނިދަން މަޖުބޫރުވާނެއެވެ. ވީމާ ނިދި މަޖުބޫރުކޮށްފިނަމަ ނިދާށެވެ. ނަމަވެސް ނަމާދުގެ ވަޤުތެއް ކައިރިވެފައިވާނަމަ ނިދަންވާނީ ހޭލަން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައެވެ. އެއިގެ ތެރޭގައި ސޯނާކުރުން، ހޭލައްވަން އެހެން މީހެއްގެ ގާތުގައި ބުނުން ފަދަ ކަންކަން ހިމެނެއެވެ.  
ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އަހުރެމެން އަހުރެމެންގެ އަމިއްލަ ނަފްސް ދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ އަހުރެމެންގެ މައްޗަށް ލޯބިވެވޮޑިގެންވެއެވެ.  
ތިބާގެ ހިތަށް އަރާ ކަންކަމާއި ސިކުނޑީގައިވާ ވިސްނުން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ނިޔަތާއި ޢަމަލު އެއްގޮތްކުރަން މަސައްކަތްކުރަންވާނެއެވެ. ﷲ ތަޢާލާ މީސްތަކުންނަށް ޖަޒާ ދެއްވަވަނީ ނިޔަތާއި ޢަމަލުތަކުގެ މައްޗަށެވެ. ވީމާ ނިދީން ހޭލައި ޖަމާޢަތުގެ ނަމާދު ލިބިގަންނަން އިޚްލާޞްތެރި ނިޔަތެއް އޮންނަންވާނެއެވެ. 
ދެން އޮތީ ހޭލަން ތިބާއަށް ކުރެވެންހުރި ކަންކަން ކޮށްގެން ނިދުމުން ވެސް ނުހޭލެވުމެވެ. އެކަމަކުން ފާފަވެރިއެއް ނުވާނެއެވެ. އެމީހކަށް ﷲ ތަޢާލާ ޢަފޫކުރައްވަވާނެތެވެ އިން ޝަ ﷲ . ފާފަވެރިވާނީ ހޭލެވުމުން ނަމާދުކުރަން އަވަސްވެނުގެންފިނަމައެވެ.  
ވީމާ ފުރަތަމަ ކަމަކީ ނަމާދު ގެއްލޭނެ ކަމުގެ ފުރުޞަތު ބޮޑުކަމަށް ވިސްނޭނަމަ ހޭލަން މަސައްކަތްކުރުމާއިއެކު މީހަކު ގާތު ތިމާ ހޭލައްވާށޭ ބުނަން ޖެހޭނެކަމެވެ.  
އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ الله  ތަޢާލާ އެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ