މިދިޔަމަހު ކަސްޓަމްސްގެ އާމްދަނީ 76 މިލިއަނުން އިތުރުވެއްޖެ

މި އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު، މޯލްޑިވްސް ކަސްޓަމްސްގެ އާމްދަނީ 76 މިލިއަން ރުފިޔާއިން އިތުރުވެއްޖެއެވެ. ކަސްޓަމުންވަނީ މި އަހަރުގެ ފެބްރުއަރީގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެއިން ދައްކާ ގޮތުގައި، ފެބްރުއަރީގައި އާމްދަނީގެ ގޮތުގައި 363 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ ޖެނުއަރީގައި ލިބުނު 287 މިލިއަން ރުފިޔާއަށްވުރެ 76 މިލިއަން އިތުރު އަދަދެކެވެ. މި އަހަރުގެ ޖެނުއަރީގައި 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު އިމްޕޯޓުކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 800 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހެން ނަމަވެސް މިދިޔަމަހުގެ އެކްސްޕޯޓުވަނީ އިތުރުވެފައެވެ. ޖެނުއަރީގައި 144 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއިރު، ފެބްރުއަރީ 223 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މިއީ 79 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފެބްރުއަރީގައި އެންމެ ގިނައިން އިމްޕޯޓުކުރި ބާވަތްތައް 968 މިލިއަން ރުފިޔާގެ ކާބޯތަކެއްޗާއި، ދުންފަތާއި އޫރުމަހާއި ބަނގުރާ 762 މިލިއަން ރުފިޔާގެ އިންޖީނު ތެލާއި އޭވިއޭޝަން ގޭސް 751 މިލިއަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް އަދި އިލެކްޓްރިކް ސާމާނު 329 މިލިއަން ރުފިޔާގެ ދަގަނޑުގެ ބާވަތްތައް 252 މިލިއަން ރުފިޔާގެ ކެމިކަލް ބާވަތްތައް ފެބްރުއަރީގައި އެންމެ ގިނައިން އެކްސްޕޯޓުކުރި ބާވަތްތައް 114 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް 36 މިލިއަން ރުފިޔާގެ ބަންދުކުރި ކަޅުބިލަމަސް 32 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ހަ މިލިއަން ރުފިޔާގެ ފްލޯސް މީލްސް އެންޑް ޕެލެޓްސް އޮފް ފިޝް ފަސް މިލިއަން ރުފިޔާގެ ޗިލްޑް ރީނދޫ އުރަހަ ކަންނެލި ފެބްރުއަރީގައި ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކުރި ގައުމުތައް ޔޫއޭއީން 1.3 ބިލިއަން ރުފިޔާގެ މުދާ (31 ޕަސެންޓު) އިންޑިއާއިން 748 މިލިއަން ރުފިޔާގެ މުދާ (17 ޕަސެންޓު) ޗައިނާއިން 606 މިލިއަން ރުފިޔާގެ މުދާ (16 ޕަސެންޓު) ސިންގަޕޫރުން 344 މިލިއަން ރުފިޔާގެ މުދާ (8 ޕަސެންޓު) ލަންކާއިން 241 މިލިއަން ރުފިޔާގެ މުދާ (5 ޕަސެންޓު) ފެބްރުއަރީގައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމުތައް ތައިލެންޑަށް 134 މިލިއަން ރުފިޔާގެ މުދާ (60 ޕަސެންޓު) ގްރޭޓް ބްރިޓަނަށް 33 މިލިއަން ރުފިޔާގެ މުދާ (15 ޕަސެންޓު) އިންޑިއާއަށް 10 މިލިއަން ރުފިޔާގެ މުދާ (4 ޕަސެންޓު) ވިއެޓްނާމަށް 8 މިލިއަން ރުފިޔާގެ މުދާ (4 ޕަސެންޓު) ބަންގްލަދޭޝަށް 6 މިލިއަން ރުފިޔާގެ މުދާ (3 ޕަސެންޓު) ރާއްޖެއަށް އާމްދަނީ ލިބޭ ނިސްބަތް ކެޓަގަރީކޮށްފައި އޮންނަ ގޮތުން އިމްޕޯޓުން ލިބޭ އާމްދަނީ އޮންނަނީ ހަތަރުވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ