ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތް ވަކިވަކި ފަރުދުންނަށް އީފާސް ބޭނުންކޮށްގެން އޮންލައިންކޮށް ލިބޭނެ ގޮތް ހެދުމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޑީޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބަދަލަށް އަމަލުކުރަން ފަށާނީ މެއި 15 ނުވަތަ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
ތަފްސީލު - އެ ހިދުމަތް ދޭން ނިންމާފައިވަނީ ޑީޖޭއޭއިން ތަރައްގީކޮށްފައިވާ ޕަބްލިކް ޕޯޓަލް އިން، އީފާސް މެދުވެރިކޮށެވެ.
ޑީޖޭއޭއިން ބުނީ އެ ބަދަލާ އެކު ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް އަންނަ ޖޫން އިން ފެށިގެން ބަލައިނުގަންނާނެ ކަމަށެވެ.
ނަމަވެސް ދައުލަތުގެ އޮފީސްތަކުން ރެކޯޑު ސާފުކުރަން އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރަން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ކުރިއެކޭ ވެސް އެއްފަދައިން އެ އޮފީީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާ އެކު ރެކޯޑު ސާފުކުރަން އެދި ހުށަހެޅުމުންނެވެ.
ކުށާއި ދަރަނީގެ ރެކޯޑް އޮންލައިންކޮށް ސާފުކުރެވޭނެ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ