މި އަހަރު ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މައި ހަރަކާތްތައް ބޭއްވުމަށް ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ މަގުބޫލު ފަތުރުވެރިކަމުގެ ދާއިރާގެ މީޑިއާ ގްރޫޕާ އެކު ދިރާގުން ހެދި އެއްބަސްވުމުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ދެ ހަރަކާތް ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމް ބޭއްވުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެ އެވެ.
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަރުގެ ދަށުން ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 ބާއްވަނީ އަންނަ މަހު އެވެ.
މި އެވޯޑުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް، އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން:
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ފުރުތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރު؛ މިއީ މިގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ރާއްޖޭގައި ދޭ ހަމައެކަނި އެވޯޑު
މިދިޔަ އަހަރު 300އަށް ވުރެ ގިނަ ނޮމިނޭޝަން އަދި 100،000އަށް ވުރެ ގިނަ އާންމު ވޯޓާ އެކު ބޮޑު ތަރުހީބެއް ލިބުނު
މި އަހަރުގެ އެވޯޑަށް އެއަށް ވުރެ ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައި؛ އެކި ކެޓަގަރީތަކަށް 450އަށް ވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އާ އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، 600،000އަށް ވުރެ ގިނަ އާންމު ވޯޓު ވަނީ ލިބިފައި
ބުނީ ކީކޭ؟ - "ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
"ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން މިހާ ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކޮށް އަދި އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގުން ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގައި ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ