މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވިތާ 48 ގަޑިއިރު ނުވަނީސް އެ ކޮމިޝަންގެ މެންބަރު ކަމުން ޑރ. މުހައްމަދު ހަބީބު އިސްތިއުފާ ދީފި އެވެ.
އެ ކޮމިޝަނުގައި ދެން ތިއްބަވަނީ ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އެވެ. ކޮމިޝަނުގެ ރައީސަކީ ޑރ. މުނައްވަރެވެ. މި ކޮމިޝަން އުފެއްދީ ހޮނިހިރު ދުވަހުގެ ދަންވަރު އެވެ.
ކޮމިޝަނުގެ މެންބަރުކަމުން ހަބީބު އިސްތިއުފާ ދިންކަން އަދަދުއަށް ވަނީ ޔަގީން ކުރެވިފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައި ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، އަކީ ހަބީބްއާ ދުރުތާ ތިމާގެ މީހެކެވެ.
އުފެއްދެވި ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް މީގެކުރިން ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ކޮމިޝަން ދެމި އޮންނާނީ ކޮމިޝަނާ ރައީސް މަތިކުރެއްވި މަސައްކަތް ފުރިހަމަވެއްޖެ ކަމަށް އެމަނިކުފާނު ކަނޑައެޅުމާ ހަމައަށް ކަމަށް ރައީސްގެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޒުވާނުން މަގުމައްޗަށް މުޒާހަރާއަށް ނުުކުތީ އެކަމަށް ސަރުކާރުގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށެވެ.
ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް 48 ގަޑިއިރު ނުވަނީސް ހަބީބު އިސްތިއުފާ ދީފި ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް 48 ގަޑިއިރު ނުވަނީސް ހަބީބު އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ