ގައުމީ އެއާލައިން މޯލްޑިވިން ހިންގާ އައިލެންޑް އޭވިއޭޝަން(އައިއޭއެސް)ގެ ޗެއާމަންގެ މަގާމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އައިއޭސްގެ ޗެއާމަންކަން ކުރެއްވި ޝަފީއު، އައިއެސްއޭގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވާކަން މިއަދު އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭނާ އަށް މަރުހަބާ ވެސް ދަންނަވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ޝަފީއު އައްޔަންކޮށްފައި ވަނީ، ޑިސެމްބަރު 2023ގަ އެވެ. ޔާމީންގެ ސަރުކާރުގައި އައިއޭއެސްގެ ޗެެއާމަންގެ މަގާމު ޝަފީއު ފުރުއްވާފައި ވަނީ، ޖެނުއަރީ 2014 އިން ނޮވެމްބަރު 2018ގެ ނިޔަލަށެވެ. އޭރު އޭނާ ދިޔައީ އެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. އޭގެ ކުރިން އޭނާ ވަނީ، ކުރީގެ ރައީސް ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި 2012 އިން 2013 އަށް ފިޝަރީޒް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
އައިއޭއެސްގެ ޗެއާމަންއަކަށް ސްޓޭޓް މިނިސްޓަރު ޝަފީއު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ