ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ބ. އަތޮޅުގެ ލީގު ބުރުގައި ތުޅާދޫ އިން ކުޅުނު ދެވަނަ މެޗުގައި ފެހެންދޫ ބަލިކޮށް ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ތިން ޓީމެވެ. އެއީ ފެހެންދޫ އާއި ތުޅާދޫގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި އެވެ.
މި މުބާރާތުގައި ތުޅާދޫ އިން ކުޅުނު ފުރަތަމަ މެޗުގައި އޭދަފުށި އަތުން ވަނީ ބަލިވެފަ އެވެ. އެހެންވެ، މުބާރާތުގައި ކުރިއަށް ދިޔުމަށް ތުޅާދޫ އަށް ފެހެންދޫ ބަލިކުރަން އޮތީ މަޖުބޫރުވެފަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗު ތުޅާދޫ އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތުޅާދޫ އިން ޖެހި ހަމައެކަނި ގޯލު މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ތުޅާދޫ އަށް ކާމިޔާބު ކޮށްދިނީ އާދިލް އަބްދުލް ރަހުމާން އެވެ.
މި ނަތީޖާއާއެކު ބ. އަތޮޅުގެ ލީގު ބުރުގެ އެއްވަނައިގައި އޭދަފުށި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދާ ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ދެވަނައިގައި އޮތް ތުޅާދޫ އަށް ލީގު ބުރުގެ މެޗުތައް ނިމުނުއިރު, އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތުޅާދޫ އަށް ފައިނަލުގެ ޖާގަ ކަށަވަރުވާނީ އޭދަފުށި އާއި ފެހެންދޫ ބައްދަލުކުރާ މެޗަށް ފަހުގަ އެވެ.
20:00: ރ. ސެމީ ފައިނަލް: އަލިފުށި - ދުވާފަރު
21:00: ރ. ސެމީ ފައިނަލް: އިނގުރައިދޫ - މަޑުއްވަރީ
21:00: ޅ. ނައިފަރު - ޅ. އޮޅުވެލިފުށި
22:00: ޅ. ކުރެންދޫ - ޅ. ހިންނަވަރު
22:00: ގއ. ސެމީ ފައިނަލް: ދާންދޫ - ވިލިނގިލި
23:00: ގއ. ސެމީ ފައިނަލް: ދެއްވަދޫ - ނިލަންދޫ
23:00: ވ. ކެޔޮދޫ - ވ. ފެލިދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ފެހެންދޫ ބަލިކޮށް ތުޅާދޫ ފައިނަލުގެ އުންމީދުގައި ގޯލްޑަން ފުޓްސަލް ޗެލެންޖް: ފެހެންދޫ ބަލިކޮށް ތުޅާދޫ ފައިނަލުގެ އުންމީދުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ