ދިރާގުން އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ގޭމިން މުބާރާތް ނިންމާލައިފި

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ގޭމިން މުބާރާތް އައްޑޫގައި ކާމިޔާބުކަމާ އެކު ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި 'ގޭމްކުއެސްޓް-އައްޑޫ އެޑިޝަން' އޮތީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ޝަރަފުއްދީން ސްކޫލުގަ އެވެ.
މި މުބާރާތުގައި 100އަށް ވުރެ ގިނަ ގޭމަރުން ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލް - 'ގޭމްކުއެސްޓް-އައްޑޫ އެޑިޝަން'ގައި ވަނީ:
އީއޭއެފްސީ 25ގެ މުބާރާތެއް ބާއްވައި ވަނަވަނަ ހޯދި ގޭމަރުންނަށް ޖުމްލަ 10،000ރ.ގެ އިނާމް ދީފައި
ޖީޓީ7 ރޭސިން ސިމިއުލޭޝަން، އެސްޓްރޮ-ބޮޓް އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ކުޅޭ ފްރީ ސްޓޭޝަންތައް ވެސް ވަނީ ހިމަނާފައި
މުބާރާތުގައި ބައިވެރިވި ގޭމަރުންގެ މެދުގައި ލަކީޑްރޯއެއް ނަގައި ނަސީބުވެރި 4 ފަރާތަކަށް ފައިސާގެ އިނާމު ވެސް ހަވާލުކޮށްފައިވޭ
މި ގޭމްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުންޏެވެ.
އެނގުން މުހިންމު - ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ