މި 5 ހަދިޔާއިން ވެސް ލޯބިވާކަން ބުނެދެވިދާނެ

ބައިވެރިޔާގެ ފަރާތުން، ގާތް ރަހުމަތްތެރިން، ނުވަތަ އަމިއްލައަށް ވިޔަސް، ހާއްސަ ހަދިޔާއެއް ލިބުމަކީ އަބަދުވެސް އުފާވެރިކަމާއި ލޯބީގެ އިހުސާސުތައް އާލާ ކޮށްދޭ ކަމެކެވެ. 
އާއްމުކޮށް ލޯބިވާކަން ހާމަކޮށްދޭން ރަތް ފިނިފެންމާ ބޭނުންކުރިޔަސް މިހާރު އެ މީހަކާ ގުޅޭ އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ ހަދިޔާ ލިބެން އެބަހުއްޓެވެ. އެފަދަ ހިތްގައިމު ފަސް ހަދިޔާއެއް ތިރީގައި ފާހަގަ ކޮށްލާނަމެވެ.  
'ރެޑީމޭޑް' ގަހަނާއެއް ނުވަތަ އަނގޮޓިއެއް ގަނެފައި ބައިވެރިޔާއަށް ދިނުމުގެ ބަދަލުގައި ދެ މީހުން ވެގެން އަނގޮޓިއެއް އަމިއްލަ އަތުން ފަރުމާ ކޮށްލުމަކީ ވަރަށް ހާއްސަ އަދި ފޮނި ހަނދާންތަކެއް ގެނެސްދޭނެ ކަމެކެވެ. 
ދިވެހި އަމިއްލަ ބްރޭންޑު އަންބަލަންގެ އަކީ އަތުން ނަލަ ގަހަނާ އުފައްދާ ބައެއް އެކަންޏެއް ނޫނެވެ. އަންބަލަންގެއިން ގަހަނާ ވޯކްޝޮޕްތައް ވެސް ހިންގަ އެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް އަނގޮޓިއެއް ހެދުމުގެ ވޯކްޝޮޕެއް %10ގެ ޑިސްކައުންޓަކާ އެކު ކުރިއަށް އެބަ ދެ އެވެ. މީގެ އިތުރުން އަންބަލަންގެއިން ހިތް ޑިޒައިންގެ ހާއްސަ ގަހަނާ ވެސް ލިބެން އެބަހުއްޓެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޯޅިވާނެ ފިނިފެންމާ ބޮނޑިއެއްގެ ބަދަލުގައި 'ސްކިންކެއާ' ބުކޭއެއް ކިހިނެއްވާނެ ހެއްޔެވެ؟ މި ޒަމާނުގައި 'ސްކިންކެއާ' އުފެއްދުންތައް ކޮންމެ އަންހެނަކަށް ވެސް ނުހަނު މުހިއްމެވެ.
ސްކިންވައިބްސް އިން އެ މީހަކު ބޭނުންވާނެ ޒާތުގެ ކްރީމް އަދި ސީރަމް ފަދަ ޕްރޮޑަކްޓްތައް އެކުލެވިގެންވާ ހިތްގައިމު ބުކޭއެއް ތައްޔާރު ކޮށްދެ އެވެ.
ހާއްސަ މީހަކަށް ދޭން ވާނީ ހާއްސަ އަދި އަގުހުރި ހަދިޔާއެއް ކަމަށްވަންޏާ، ދާދި ފަހުން ތައާރަފުވި ދިވެހި ގަޑި ބްރޭންޑު ޒިވިންޓާގެ ނަލަ ގަޑިއެއް ވަރަށް އެކަށީގެންވެ އެވެ.
ޒިވިންޓާގެ ޒަމާނީ އަދި ހިތްގައިމު ގަޑި ކަލެކްޝަނުގެ ތެރޭގައި ދެ ސްޓައިލްއެއް ހިމެނެ އެވެ. އެއީ 'ކްލެސިކް ގޯލްޑް ޑަޔަލް' އާއި 'ކްލެސިކް ބްލޫ ޑަޔަލް' އެވެ. މި ދެ ޑިޒައިން ވެސް ތައްޔާރުކޮށްފައިވަނީ ވަރަށް ލަތީފީ ސްޓައިލްއަކަށެވެ.
މިވަގުތު ޒިވިންޓާއިން އަންނަނީ ބޮޑު ގިވްއަވޭއެއްގެ އިތުރުން، ގަންނަ ކޮންމެ އުފެއްދުމަކުން %15ގެ ޑިސްކައުންޓްއެއް ވެސް ދެމުންނެވެ.
އަތްދަބަހަކީ ކޮންމެ އަންހެންކުއްޖެއް ވެސް ބޭނުންކުރާނެ އެކްސެސަރީއަކަށް ވެފައި، ނަލަ އަތްދަބަހެއް ހަދިޔާ ކޮށްލަން ބޭނުން ނަމަ ދިވެހި ބްރޭންޑަކުން އުފައްދާ މޮޅު އަތްދަބަހެއް އެކަށީގެންވެ އެވެ.
ރާއްޖޭގެ ފުރަތަމަ 'ކިއުރޭޓެޑް' އަތްދަބަސް ބްރޭންޑު ލުވެންޗީގެ ފުރިހަމަ އަތްދަބަސް ކަލެކްޝަނުން އަތްދަބަހެއް ހަދިޔާއަކަށް ދިނުމަކީ ބުއްދިވެރި ކަމެކެވެ. އެ މީހުން ވަނީ ދާދި ފަހުން އާ ސްޓައިލްތަކެއްގެ ޒަމާނީ ދަބަސްތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އެ ބްރޭންޑުން ވެސް މި ވަގުތު އަންނަނީ %15ގެ ޑިސްކައުންޓް ދެމުންނެވެ. 
ހަދިޔާއެއްގެ ގޮތުގައި މާބޮނޑިއެއް ދޭން ބޭނުން ނޫން ނަމަ 'ބޫޖީ ކެންޑްލްސް އެމްވީ'ގެ އުށްބައްތި ބުކޭއެއް އެކަށީގެންވެ އެވެ. 'ވަރަށް ލޯބިވޭ' އަކީ އެ ބްރޭންޑުގެ އެންމެ މަގުބޫލު ބުކޭ އެވެ. ނަލަކޮށް ވަށް ދަޅެއްގައި އަތުރާލައިފައިވާ ފިނިފެންމާ ފަދަ ކެންޑްލްތަކަކީ ހަމައެކަނި ކޮޓަރިތެރެ ޒީނަތްތެރިކޮށްލަން ކަމުދާ ހަދިޔާއެއް ނޫނެވެ. މި ކެންޑްލްތަކުގެ ބޭނުން ވެސް ހިފޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ