މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ(މީރާ)ގެ މިދިޔަ މަހުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުގައިވާގޮތުން އެމަހުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 3.6 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ލިބިފައިވަނީ 1.7 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެނެސްފައިވަނީ މިދިޔަމަހުގެ 22 ވަނަ ދުވަހުއެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 8،800.05 ރުފިޔާއެވެ.
މުދަލު ޒަކާތުން ބައެއް ދިނުމަކީ މުދަލުން ނަސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ވާޖިބުކޮށްފައިވާ ކަމެކެވެ. 2016 ވަނަ އަހަރަށްފަހު މުދަލު ޒަކާތް ދައްކަމުންދަނީ މީރާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ