ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު، މޯލްޑިވްސް އެކްސްޕޯ މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ތަފްސީލް - ހަވާ އެރުވުމާއި ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މައުރަޒު ހުޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. އެއަށް ފަހު އެ ދެކަނބަލުން ވަނީ މައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.
މައުރަޒުގެ ކުރިން ރޭ ސޯޝަލް ސެންޓަރުގައި ވަނީ މި އުފެއްދުންތަކަށް އިނާމު ދިނުމަށް ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި އިނާމު 275 މީހަކަށް ދިނެވެ.
އެނގުން މުހިއްމު - މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒެވެ. މި މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށްދާނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި މައުރަޒު ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމެވެ.
މި ހަރަކާތުގައި:
ޖުމްލަ 383 ފަރާތަކުން ބައިވެރިވޭ؛ އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން
ރާއްޖޭގެ ހުރިހާ އަތޮޅަކުން މައުރަޒުގައި ބައިވެރިވޭ
15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރި ކުރި
ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިން
އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ. ތުޅާދޫން
ހަވާ އެރުވުމާއި ކުލަގަދަ ރަސްމިއްޔާތަކުން އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ