މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 551 މިލިއަން ޑޮލަރު ވަނީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފަ އެވެ، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 417 މިލިއަން ޑޮލަރުގެ އާމްދަނީ އެވެ.
މި އަހަރުގެ މިހާތަނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުން ބަލައިގަތް އާމްދަނީ ބައި ބިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިލައިިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 551 މިލިއަން ޑޮލަރު ވަނީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފަ އެވެ، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 417 މިލިއަން ޑޮލަރުގެ އާމްދަނީއާ ބަލާއިރު 75 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަކީ 439 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު ލިބިފައިވަނީ 351 މިލިއަން ޑޮލަރެވެ. ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ 80 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 111 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 65 މިލިއަން ޑޮލަރެވެ.
މި އަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި މި އަހަރު 298 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު 278 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މި އަހަރު އިންކަމް ޓެކުހަށް މި އަހަރު 53 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު 18 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޑޮލަރުން ބަލައިގަތް އާމްދަނީ ބައި ބިލިއަން ޑޮލަރަށްވުރެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ