ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކަށް މިދިޔަ މަހުން ފެށިގެން ވެސް ސަރުކާރުން ނިންމާފައިވާ އާ ޓެރިފް ރޭޓްގައި ބިލް ކުރާނެ ކަމަށް މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.
ރައީސް ވިދާޅުވީ ޖޫން މަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.
ތަފްސީލް - ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން:
މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފަްިވާ ފަރާތްތަކަށް، ޖޫން މަހުގެ ބިލުން އެ ބައި އުނި ކުރެވިގެންދާނެ
މެއި މަހުގެ ބިލު އަދި ދައްކާފައިނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭޓުގަައި އަލުން ބިލު ޖެނެރޭޓް ކުރެވިގެންދާނެ
ފާހަގަކޮށްލެވޭ - ފެނަކައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.
އެ ގޮތުން ފެނަކައިން 150އަށް ވުރެ ގިނަ ރަށަށް ހިދުމަތް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި އައްޑޫ، ފުވައްމުލައް، ތިނަދޫ ކުޅުދުއްފުށި ފަދަ އާބާދީ ބޮޑެތި ރަށްރަށް ހިމެނެ އެވެ.
މިދިޔަ މަހަށް ވެސް ފެނަކައިން އާ ޓެރިފް ރޭޓުގައި ބިލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ