ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެެއް ކަމަށެވެ.
މާރާމާރީގައި އަނިޔާ ލިބުނީ އިންޑިއާއަށް ނިސްބަތްވާ މީހަކަށް ކަމަށާއި އޭނާއަށް މިހާރު ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 22:45 ހާއިރު ކަމަށްވާއިރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ