މިއަދަކީ އެތައް ޒަމާންތަކެއް ވަންދެން މުލީގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ދުވަސް

މިއަދަކީ އެތައް ޒަމާންތަކެއްވަންދެން މ.މުލީގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ވެގެން ދިޔަ ދުވަސް ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެ ރަށުގެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުލީ އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކަން ފެށުނީ، މީގެ 11 އަހަރު ކުރިން، 2014 ވަނަ އަހަރުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދަކީ އެ އެއާޕޯޓަށް ކޮމާޝަލް ފްލައިޓު ޖައްސަން ފަށާ އުފާވެރި ދުވަސް ކަމަށެވެ.
”މިއަދަކީ މ އަތޮޅުގެ ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް، މުލީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް.“ މިނިސްޓަރު ވިދާޅުވިއެވެ.
 
މުލީ އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވާފައިވާއިރު، އެ އެއާޕޯޓު އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވުމުގެ އަމަލީ މަސައްކަތްތައް، އައު އެއްބަސްވުމެއްގެ ދަށުން އަލުން ފެށުނީ 2024 ވަނަ އަހަރުގައެވެ.
މުލީ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާ ހަވާލުކުރައްވައިގެން ހަލުވި ދުވެލީގައި ނިންމެވި ފުރިހަމަ މަޝްރޫއުއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ