މި މުއްދަތުގައި އެންމެ ގިނައިން ބަދަލުގެ ގޮތުގައި ދީފައިވަނީ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށެވެ. މި ބަޔަކަށް 240.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ނިމިދިޔަ ކުއާޓަރުގައި ގެއްލުމުގެ ބަދަލު ދިން މިންވަރު 45 ޕަސެންޓް އިތުރުވެއްޖެ އެވެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ރާއްޖޭގެ އިންޝުއަރެންސުގެ ވިޔަފާރިކުރާ ކުންފުނިތަކުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ފަސް އިންޝުއަރެންސް ކުންފުނިން ނަގާފައިވާ އެކި ކްލެއިމްތަކަށް ބަދަލުގެ ގޮތުގައި ވަނީ މިދިޔަ ކުއާޓަރުގައި 458.2 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަދަލުގެ ގޮތުގައި ކުންފުނިތަކުން ދޫކުރި 208.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 45 ޕަސެންޓުގެ އިތުރުވުމެކެވެ. މިއީ މިދިޔަ ހަތް އަހަރު ދުވަހަށް ބަލާއިރުވެސް އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ކްލެއިމް ނެގި ފަރާތްތަކަށް ދެއްކި ފުރަތަމަ ފަހަރެވެ.
މި މުއްދަތުގައި އެންމެ ގިނައިން ބަދަލުގެ ގޮތުގައި ދީފައިވަނީ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށެވެ. މި ބަޔަކަށް 240.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ހެލްތް އިންޝުއަރެންސް ނެގި ފަރާތްތަކަށް 85.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން ކަނޑުއުޅަނދުތަކަށް ލިބޭ ގެއްލުމަށް ބަދަލުގެ ގޮތުގައި މެރިން ހަލް އިންޝުއަރެންސް ނެގި ފަރާތްތަކަށް 18.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި މެރިން ކާގޯގެ ބަޔަކަށް 1.6 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލަށް ދޫކޮށް މޮޓޯ އިންޝުއަރެންސަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި އިންޝުއަރެންސް ކުންފުނިތަކަށް ގްރޮސް ރިޓަން ޕްރިމިއަލް (ޖީޑަބްލިއުޕީ) ނުވަތަ އިންޝުއަރެންސް ނަގާ ފަރާތްތަކުން ޕްރިމިއަމްގެ ގޮތުގައި 691.4 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޝުއަރެންސް ނަގަން ދެއްކި 600 މިލިއަން ރުފިޔާއާ އަޅާބަލާއިރު އަށް ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ޖީޑައިޕީއެއް ދައްކާފައިވަނީ ފަޔާ އިންޝުއަރެންސް އަށެވެ. މި ބަޔަށް 232.3 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ހެލްތް އިންޝުއަރެންސަށް 202.7 މިލިއަން ދެއްކިއިރު ޕަބްލިކް ލައިބިލިޓީ ބައިން 22.5 މިލިއަން ރުފިޔާ ދެއްކި އެވެ. އަދި މޮޓޯ އިންޝުއަރެންސް ނަގަން އެކި ފަރާތްތަކުން 15.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިންޝުއަރެންސް ކުންފުނިތަކުން ބަދަލު ދިން މިންވަރު 45 ޕަސެންޓް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ