އެމްއެންޔޫން ހިސާބު ކިޔަވައިދިނުމާ ގުޅޭ ތަމްރީނު ވޯކްޝޮޕެއް ބާއްވައިފި

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި 'މެތްސް ތްރޫ ސްޓޯރީސް'ގެ ނަމުގައި ތަމްރީނު ވޯކްޝޮޕެއް އިއްޔެ ބާއްވައިފި އެވެ.
ތަފްސީލް - ގައުމީ ފެންވަރުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ރެޑިންގެ ޑރ. ނަތަޕޮޖް ވިންސެންޓާއި ޕެރިހުގައި ހުންނަ ޔުނެސްކޯ އަދި އޯއީސީޑީގެ މައި އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރެއްވި އެވެ.
މި ވޯކްޝޮޕްގައި 50އަށް ވުރެ ގިނަ ތައުލީމީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި:
ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ މުދައްރިސުން 
ޓީޗަރު އެޑިއުކޭޓަރުން 
މަންހަޖު އެކުލަވާލާ ފަރާތްތައް 
އެޑިއުކޭޝަން މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން
ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް
މި ވޯކްޝޮޕްގައި ދިރާސާގެ މައްޗަށް ބިނާކޮށް އަދި ހަރަދު ކުޑަކޮށް ހިންގޭނެ އާ ގޮތްތަކެއް ބޭނުންކޮށްގެން ރާއްޖޭގެ ސްކޫލްތަކުގައި ހިސާބު އުނގަންނައިދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހިސާބު ތައުލީމަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޔޫން އުންމީދުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ