ޗައިނާއިން ގަވާއިދާއި ޚިލާފަށް އީއީޒެޑަށް ވަދެއްޖެ: ފިލިޕީންސް

ފިލިޕީންސްގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ ތެރެއަށް ޗައިނާއިން ވަދެ، ޤަވާއިދާއި ޚިލާފަށް ކަނޑުގެ ދިރާސާތަކެއް ކުރަމުންދާކަމަށް ފިލިޕީންސްއިން ބުނެފިއެވެ.
ފިލިޕީންސް ކޯސްޓްގާޑުން ބުނީ އެގައުމުގެ އުތުރުގައި އޮންނަ ލޮކޯސްގެ އައްސޭރިފަށާއި 92 ނޯޓިކަލް މޭލު ބޭރުގައި ޗައިނާގެ ޓާން ސުއޯ 3 ނަމަކަށް ކިޔާ ރިސަރޗް އުޅަނދެއް މެއި މަހުގެ ފުރަތަމަ ދުވަހު ފެނުނު ކަމަށެވެ. އަދި އެ އުޅަނދު ފިލިޕީންސްގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު (އީ.އީ.ޒެޑް) ން ނެރުމަށް މިހާރު ވައިގެ އުޅަނދަކާއި ކޯސްޓްގާޑް އުޅަނދެއް ފޮނުވާލާފައިވާކަމަށްވެސް ފިލިޕީންސްގެ ކޯސްޓްގާޑުން ބުންޏެވެ.
ޗައިނާގެ ރިސަރޗް އުޅަނދުގެ ހަރަކާތްތައް ބަލަމުން ދިޔައިރު، އެ އުޅަނދުގައި 2.8 މޭލަށް އަޑިއަށް ފީނޭ ކުޑަ ސަބްމެރިންއެއްވެސް އޮތްކަމަށާއި، އެއީ ކަނޑުގެ އަޑީގެ ދިރާސާތަކުގައި ބޭނުންކުރާ ޒާތުގެ ސަބްމެރިންއެއް ކަމަށް ފިލިޕީންސް ކޯސްޓްގާޑުން ބުނެއެވެ.
Advertisement
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ