ބާސެލޯނާ އަށް އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ބާސެލޯނާ އަށް އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް

ބާސެލޯނާ (މެއި 4) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި، ރެއާލް ވަލޮޑޮލިޑް އަތުން 2-1 އިން މޮޅުވެ، ބާސެލޯނާ އިން އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 34 މެޗުން 79 ޕޮއިންޓް ލިބިފަ އެވެ. ދެ ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 33 މެޗުން 72 ޕޮއިންޓެވެ.
ލީގުން ރެލިގޭޓްވެފައިވާ، ވަލޮޑޮލިޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ހަަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ވަލޮޑޮލިޑަށް ޖަހައިދިނީ އިވާން ސަންޗޭޒް އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އިންޓަ މިލާން ދަނޑުގައި ކުޅޭ މެޗު އަންގާރަ ދުވަހުގެރޭ އޮތުމުން ބާސެލޯނާ އިން ރޭގެ މެޗަށް ނެރުނީ އާންމުކޮށް މެޗުތަކުގައި ކުޅޭ މުހިންމު ކުޅުންތެރިން ނުލަ އެވެ. އެކަމަކު، ވަލޮޑޮލިޑުން ލީޑުނެގުމާ އެކު، ބާސެލޯނާ އިން ފަހުން، ވަނީ ބަދަލަކަށް ޓީމުގެ މުހިންމު ކުޅުންތެރިންތައް ކުޅެން ނެރެފަ އެވެ.
ބާސެލޯނާ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 54 ވަަނަ މިނިޓްގައި ރަފީނިއާ އެވެ. މިއީ، މި ފަހަރު ލީގުގައި ރަފީނިއާ ޖެހި 16 ވަނަ ގޯލެވެ. އޭގެ ހަ މިނިޓް ފަހުން، ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ ފާމިން ލޮޕޭޒް އެވެ.
އިތުރު ގޯލެއް ޖަަހަން ބާސެލޯނާ އިން ކުރި މަސައްކަތުގައި އެ ޓީމުގެ ހެކްޓަ ފޯޓު ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ލަމީން ޔަމާލްގެ ހަމަލާ ވަލޮޑޮލިޑުން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ