އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ ބޯޓެއްގައި އެ ބޯޓްގެ ނަމަކަށް ކުފުރުގެ ނަމެއް ކިޔާ ލިޔެފައި އޮތުމުން އެކަން ބަލާ ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ގޮވާލައްވައިފި އެވެ.
ޝެއިހް މިކަމަށް ގޮވާލެއްވީ މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ވިދާޅުވީ އެ ބޯޓަށް ކިޔަނީ “އޯލްމައިޓީ ގޯޑް” ކަމަށެވެ. މާނައަކީ "ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހު" އެވެ.
Advertisement
ނިޝާން ވިދާޅުވީ އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ މިބޯޓަށް، މިނަން ކިޔާހާ ހިނދަކު ރާއްޖެއަށް ވަނުމުގެ ހުއްދަދެވިގެން ނުވާނެ ކަމަށެވެ.
“ކަމާބެހޭ ފަރާތްތަކުން މިކަން ހައްލުކޮށްދެއްވާ. މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ މާބޮޑު މައްސަލައެއް،”
ދިވެހީންނަކީ މުސްލިމުންގެ ހައިސިއްޔަތުން މިއީ ކަނޑައެޅިގެން ހުއްޓުވާ, ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނިޝާންގެ މި ޕޯސްޓް ވަރަށް ގިނަ ބަޔަކު ވަނީ ޝެއާ ކޮށް އެ މައްސަލާގައި އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
މި ބޯޓަކީ އިންޑިއާގެ ޓްޓިކޮރިންއާ މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.
ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ މި ބޯޓަށް ކުފުރުގެ ނަމެއް، ހުއްޓުވަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ