ދަރިކަލުންގެ މައްސަލައިގައި، މަންދީއާއި ފައްޔާޒަށް އިތުރު ދައުވާއެއް ކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް އިތުރު ދައުވާއެއް ކުރުމަށް ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, މަންދީގެ މައްޗަށް ދައުވާ ކުރަން ނިންމީ, އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ. ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ، ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ: ފައްޔާޒާއި މަންދީގެ މައްޗަށް އިތުރު ދައުވާއެއް ކޮށްދޭން ވަނީ ފެމިލީ ކޯޓަށް ހުށަހަޅާފައި ---- ސަން ފޮޓޯ/ މާނިއު މުޙައްމަދު އެ މައްސަލަތައް ހުށަހެޅި ކޯޓުތަކުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވެފައިވާއިރު، މަންދީގެ މައްޗަށް ޖުމުލަ ދެ ދައުވާއެއް އަދި، އެމްޑީޕީއާއި ފައްޔާޒުގެ މައްޗަށް ވެސް ދެ ދައުވާ ކުރަން ވަނީ ހުށަހަޅާފައެވެ. https://x.com/aminadhis/status/1912396363633209450?s=48&t=WMqEwzIJR0PWaAybGe7uEQ އެގޮތުން، ސިވިލް ކޯޓަށް މައްސަލަތައް ހުށަޙަޅާފައި ވަނީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ. އަދި، ފެމިލީ ކޯޓަށް މައްސަލަތައް ހުށަހެޅީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ކަމަށް ބަޔާނުގައި ބުނެފައިވެއވެ. މައްސަލަތައް ހުށަހަޅިފައި ވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގަފަސްޓް ލޭޑީގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރުގެ ބަޔާން ކުރިން އާޒިމާ ވިދާޅުވީ، އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. https://sun.mv/203879 އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ. އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ